Friday, September 11, 2015

Kaamiyaabeege dhathuru - mohamed zimam

1.


ކާމިޔާބީގެ ދަތުރު










މިއަދަކީ އަދީބްގެ ފިހާރައިގައި އެންމެ ރަނގަޅަށް ވިޔަފާރިކުރެވެމުންދާ ދުވަހެވެ. އީދަށް ފިހާރައަށް ގެނަ އައު މުދާތަށް އެހުރީ ނެރެފައެވެ. ފިހާރައިގައި ބައިންދާފައި އިން ސޭޓު ބަލިކަމުން މިއަދު މީހުންނަށް ވިޔަފާރިކޮށްދެން ވެސް މިއިނީ ހަމަ އާދީބެވެ. ވިޔަފާރިކޮށްދިނުމުގައި ބުރަވެ އުޅެނިކޮށް އަދީބްގެ ލޮލަށް ކުއްލިއަކައް އަޅައިގަތީ ޒައިން އެވެ. އާދެ! ޒައިނަކީ ކާކުކަން ދުވަހަކުވެސް އަދީބް ހަނދާނެއްނުނެތޭނެއެވެ. އެއީ އަދީބައް ކިޔެވުމައް ލިބުން ރަނުގެ ފުރުސަތު ވެއްޔާއި މޮޑެލަން އުޅުން ޒައިނެވެ. ޒައިން ފެނުމާއިއެކު އަދީބުގެ މާޒީގެ ފަތްފުށްތައް ބޭއިޙްތިޔާރުގައި     އުކެންފެށުނެވެ.                                       

އެއީ  މީގެ އެތައް އަހަރެއް ކުރިއެވެ. އަދީބަކީ ކިޔެވުމަށް ވަރައް މޮޅު އަދި ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އަދީބު ކިޔެވުމަށް ހުންނަ އާދަޔާ ޙިލާފު ޝައުގުވެރިކަމާއި އަދި ކިޔެވުމަށް ހުންނަ އާދަޔާ ޙިލާފު  ހުނަރުގެ ސަބަބުން މުދައްރިސުންވެސް އޭނާއާއިމެދު ވަރަށް ހިތްހަމަޖެހެއެވެ. ކޮންމެ އަހަރެއްގައިވެސް ކިޔެވުން ނިމި އެންމެ ފަހުގެ ނަތީޖާ ލިބޭއިރު މުޅިކުލާހުގެ އެންމެ ރަނގަޅު ނަތީޖާ ލިބޭ ކުއްޖަކީ އަދީބު ކަމުގައިވެއެވެ. އަދީބުގެ ބައްޕަ އަކީ ރަށުގައި ހުރި އެންމެ ވަރުގަދަ ވިޔަފާރިވެރިޔާއެވެ. ރަށުގެ އެހެން ވިޔަފާރިވެރިންނަކަށް އަދީބްގެ ބައްޕަ ވިޔަފާރި ހިންގާހާ ވަރުގަދަ ކޮށެއް ނުހިންގެއެވެ. އެގޮތުން އޭނާގެ ބައްޕައަށް ވިޔަފާރިކުރަން އެހީތެރިވެދެއެވެ. އަދީބަކީވެސް  އޭނާގެ ބައްޕައެކޭ އެއްފަދައިން  ވިޔަފާރިކުރުމުގެ ދާއިރާއިން ކުރިޔައްދާން ބޭނުންވާ މީހެކެވެ. ކިޔެވުން ނިމުމުން ބައްޕައަށް ވިޔަފާރީގައި އެހީ ވުމުގެ އިތުރުން ރަށުގައި އޮފީހެއްގައިވެސް މަސައްކަތް ކުރަމުން ދެއެވެ. އެ އޮފީހަކީ ރަށުގައި ކުރަމުންދާ ވިޔަފާރިތައް ކުރިއަރާ މިންވަރާއި ދަށައްދާ މިންވަރު ދިރާސާ ކޮށް އަދި ރަށައް ލިބޭ ކުރިއެރުން ތަކާއި އަންނަ ބަދަލުތަކުގެ ރިޕޯރޓް  ހަދާ އެކަންކަން ބަލަހައްޓަމުންދާ އޮފީހެވެ. މިގޮތުން މި އޮފީހުން ފެށި ޕްރޮމޯޝަނެއްގައި އޮފީހުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފަކަށް ވަރަށް އަގުހުރި އިނާމެއް ދިނުމަށް ނިންމިއެވެ.        

ދުވަސްތަކަކައްފަހު އޮފީހުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފު ހޮވައިފިއެވެ. އެންމެ ރަނގަޅު މުވައްޒަފެއްގެ ލަޤަބު ލިބުނީ އަދީބަށެވެ. މިގޮތުން އިނާމެއްގެ ގޮތުގައި އަދީބަށް ވިޔަފާރި ދާއިރާއިން ކުރިއަރާ ދިޔުމަށް 3 އަހަރު ދުވަހުގެ ކޯހެއް ހެދުމަށް ރާއްޖެއިން ބޭރަށް ދާން ފުރުސަތު ލިބުނެވެ. މި ޕްރޮމޯޝަން އަކީ ރަށުގެ ދެއޮފީހެއް ގައި ހިނގި ޕްރޮމޯޝަނަކަށް ވާތީ އަދީބް އާއިއެކު ޒައިން ކިޔާ މީހަކުވެސް ފޮނުވާލެވުނެވެ. ޒައިން އަކީ އަނެށް އޮފީހުން ފުރުސަތު ލިބުން މީހާއެވެ. ވަރަށް ފޮނި އުންމީދު ތަކަކާއިއެކު އަދީބް އަދި ޒައިން ވެސް ރާއްޖެއިން ބޭރަށް ފުރައިފިއެވެ. ކޯސް ކިޔެވުމުގެ ތެރެއިން ވަރަށް ބައިވަރު އައު އެއްޗެހި އޭނާއަށް ދަސްވިއެވެ. ހަމަ އެފަދައިން ވަރައްގިނަ އައު ރަޙުމަތްތެރިންވެސް ލިބުނެވެ. ނަމަވެސް ކިތައްމެ އައު ރަޙުމަތްތެރިން ލިބުނަސް އެމީހުން ކިތައްމެ ރަނގަޅަސް އަދީބަށް ގިނަވަގުތު ހޭދަކުރެވެނީ ޒައިނާއެކުގައެވެ. ނަމަވެސް ޒައިނަކީ ކޮންކަހަލަ މީހެއްކަން އަދިވެސް އަދީބަކައް ނޭނގެއެވެ. އަޑުއިވެނީވެސް ޒައިން އަކީ ވަރަށް ރަނގަޅު މީހެކޭ ބުނާ އަޑެވެ. ޒައިނާއި އެކު ގިނަވަގުތު ހޭދަކުރެވެނީ ކީއްވެ ކަމެއް ޙުދު އަދީބަކަށްވެސް ނޭނގެއެވެ. ޒައިނަކީ އެތާ އުޅޭ ހަމައެކަނި ރާއްޖެމީހާއަށް ވާތީ ކަމަށްވެސް ވެދާނެއެވެ. ޒައިނާއިއެކު ވަގުތު ހޭދަކުރަމުންވެސް ކޯސް ފުރިހަމަކުރަމުން ދިޔައީ ވަރަށް ހަމަޖެހިގެންނެވެ. ކޯސް ނިމުމަށް މަހަކައް ވެފައިވަނިކޮށް އަދީބް އުޅޭ އެޕާރޓްމެންޓް އިން ލިޔުންތަކެއް ފެނުނެވެ. މިލިޔުންތަކުން ބުނާގޮތުގައި އަދީބަކީ ކުށްވެރިއެކެވެ. އަދީބަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުން                ފިލާފައިވާ މީހެއްކަމަށް މިލިޔުންތަކުން ދައްކައެވެ. މިލިޔުންތަކުގެ ސަބަބުން އެ ގައުމުގެ ފުލުހުން އަދީބް ހައްޔަރުކުރިއެވެ. މިޙަބަރު ވެގެންދިޔައީ މުޅިގަޢުމާއި އަދީބުގެ އާއިލާ ސިއްސުވާލި ޙަބަރަކަށެވެ. މައްސަލަ ވަކިކޮޅަކަށް ޖެހެންދެން އަދީބު ހުންނަން ޖެހުނީ ދަގަނޑު ތޭރިތަކުގެ ބިއްދޮށުގައެވެ. ނަމަވެސް މިހިއްދަތިކަމުގައިވެސް އޭނާގެ ހިތުގައި ކިޔެވުމަށް އޮތް ވަރުގަދަ އަޒުމަކަށް ބަދަލެއް ނާދެއެވެ. ފުލުހުން މައްސަލަ ބެލުމުން އެނގިގެން ދިޔައީ އެއީ ފޭކު ލިޔުންތަކެއް ކަމެވެ. އަދީބަކީ ކުށެއްނެތް މީހެއްކަމެވެ. ކުށްވެރި އެއްނޫން ގޮތުގައި ފަހުން އަދީބުވަނީ ޖަލުން ދޫކޮށްލާފައެވެ. މައްސަލަ އިތުރަށް ބެލުމުން ދެން އެނގިގެން ދިޔައީ އެއީ އޭނާާއާއި އެއްކޮން އެރަށުން ކޯސް ކިޔަވަންއައި ޒައިން އޭނާއައް ދިން ލަނޑެއްކަމެވެ. އަދީބު ދުވަހަކުވެސް ހިތްދަތި ނުވާވަރަށް ހިތްދަތިވިއެވެ. އަދީބައް ރޮވުނެވެ. ވާނީވެސް އެހެންތާއެވެ. އެންމެ އެކުވެރި ކޮށް ގާތްކޮން އުޅުން މީހާ ހެދިގޮތް މިއީއެވެ. މައްސަލާގައި އަދީބުއައް އެލަނޑުދިން ޒައިން އެގައުމުގެ ފުލުހުން ހައްޔަރުކުރިއެވެ. އަދި އެކަމަށް އެންމެ އެކަށޭނެ އަދަބުވެސް ދިނެވެ. ދިމާވި އެތަށް ގޮންޖެހުން ތަކަކާއިއެކުވެސް ކޯސް ފުރިހަމަކޮށް އަދީބު ރާއްޖެއައީ ފާހަގަ ކޮއްލެވޭ ތަޢުލީމީ ދަރިއެއް ގޮތުގައެވެ. ކޯހުން ދަސްވި އެެއްޗެހީގެ އަލީގައި އޭނާގެ އަމިއްލަ ވިޔަފާރި އެއް ފަށައިފިއެވެ. މިވިޔަފާރި ވެގެން ދިޔައީ އެހާމެ ބާރުމިނެއްގައި ކުރިއަރައިގެން ދިޔަ ވިޔަފާރިއަކަށެވެ. އަދީބު ބޭނުންވީ އޭނާގެ ބައްޕަ ނަމޫނާ އަކައް ބަލައި ކުރިއަށް ދާށެވެ. މިހާރު އަދީބު އުފަލުގައި އުޅެމުން އެދަނީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ރަނގަޅު ވިޔަފާރިވެރިޔާ ގޮތުގައެވެ.               މުޙައްމަދު ޒިމާމް – 8ޑީ

ހާދިސާ - ލިޔުނީ: އާމިނަތު ސުސަން / މަރިޔަމ ރިޒްނީ

1.
ހާދިސާ




އިރު އޭގެ ވާޖިބު އަދާ ކުރުމަށްފަހު އޮއްސެމުންދާއިރު ޒީޝްއަށް އެމަންޒަރު
ނުފެންނަ ކަހަލައެވެ. އެހެން ދުނިޔެއެއްގައި އުޅެވޭ ކަހަލައެވެ. ކޮންމެ ގޮތަކަށް     ޒީޝްގެ މޮޅިވެރިކަން ސިފަކުރިޔަސް ޒީޝްވަނީ ފުން ހިޔާލެއްގެ ތެރޭގައިކަން ޒީޝްގެ މޫނަށް ބަލައިލި ކޮންމެ މީހަކަށް ޔަގީންވާނެއެވެ. އާނއެކެވެ. ޒީޝްވަނީ މާޒީގެ ހިތި ހަނދާންތަކުގެ ތެރެއަށް ގެއްލި ހުސްވެފައެވެ.       
އެއީ މީގެ އެތައް އަހަރުތަކެއް ކުރިއެވެ. ޒީޝްއަށްވެސް މީހަކުދެކެ ލޯބި
ވެވުނެވެ. އެއީ ޒައިލެވެ. ޒީޝް އާއި ޒައިލްގެ ނަން ލޯބިވެރިންގެ ލިސްޓުގައި ރަންއަކުރުން ފަވާލާފައިވާއިރު ދެމީހުން ވަކިނުވާން އެތައް ވައުދުތަކާއި އަހުދުތަކެއް ދިޔައީ ވަމުންނެވެ. ދެމީހުންވެސް އިންތިޒާރު ކުރަމުންދަނީ ހަމަ އެންމެ ދުވަހަކަށެވެ. އެއީ ދެމީހުން އެކުގައި ޒަވާޖީ ހަޔާތެއް ފެށޭނޭ ދުވަހަކަށެވެ.
ޒީޝްއާއި ޒައިލް ކައިވެނި ކުރެވުނު ދުވަސް ވެގެން ދިޔައީ ދެމީހުންގެ
ހަޔާތުގައި އައި އެންމެ އުފާވެރި އަދި އެންމެ ކުލަގަދަ ދުވަސް ކަމުގައެވެ. ކައިވެންނަށްފަހު ޒީޝް ދިރިއުޅެމުންދަނީ ޒައިލްގެ ގޭގައެވެ. ދެމީހުންވެސް ދަނީ އެދެމީހުން އަދާކުރަންޖެހޭ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރަމުންނެވެ. މިޒިންމާތައް އިތުރުވެގެންދިޔައީ ޒީޝް ޒެއިލްގެ ދަރިއަކަށް ހައްޔަރުގައި އިނުމުންނެވެ. މިއީ ދެމީހުންވެސް އިންތިޒާރު ކުރަމުންދިޔަ ފޮނި މޭވައެވެ. 9 މަހާއި 10 ދުވަހަށްފަހު ޒީޝް ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ޒީޝް އާއި ޒައިލްގެ ސިފަތައް އެކުވެފައިވާ މިކުއްޖާގެ ނަމަކީ މީރާއެވެ. މީރާއަކީ ޒީޝް އާއި ޒައިލްއަށް ލިބުނު އެންމެ އަގުހުރި ހަދިޔާއެވެ.      
ދުވަސްތައް ދައުރުވަމުންދަނީ އޭގެ އެންމެ ބާރު މިނުގައެވެ.މީރާއަށް މިހާރު 12 އަހަރު ވެއްޖެއެވެ. ގްރޭޑް 6 އެއްގައި ތައުލީމް ހާސިލްކުރަމުންދާއިރު މީރާއަކީ ބޮޑެތިމީހުންނަށާއި،ޓީޗަރުންނަށާއި އަދި މައިންބަފައިންނަށް އިހްތިރާމް ކުރާ ކުއްޖެކެވެ.                             
މީރާއަށް ހޭލެވުނީ އެހެން ކަހަލަ އިހްސާސެއް ކުރެވެން ފެށުމުންނެވެ. އާނއެކެވެ. މީރާގެ ކުރިމަތީގައި އެހުރީ މޫނު ނިވާކޮށްގެން ހުރި ފިރިހެނެކެވެ. އެމީހާ ކުރި ނުބައި އަމަލަކީ މީރާގެ ހުވަފެނުގައިވެސް ނުފެންނަފަދަ އަމަލެކެވެ. ކޮންމެ ރެއަކުވެސް މީރާއަށް ދަނީ މިވޭން ލިބެމުންނެވެ.
މީރާގެ އުޅުން މިހާރާއި ކުރިއާއި ވަރަށް ތަފާތެވެ. މީރާގެ ހާލަތު ގޯސްވަމުންދާތީ މީރާ ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ބުނި ގޮތުގައި މީރާވަނީ ނަފްސާނީ ގޮތުން ބަލި ކުއްޖަކަށް ވެފައެވެ. ޒީޝްއަށް މިވާހަކަ ވެގެންދިޔައީ ގަބޫލުކުރަން ދަތިވާހަކައަށެވެ. ޒީޝްއަށް ވުރެ ބޮޑަށް ޒައިލް ހުރީ ހާސްވެ ކަންބޮޑުވާގޮތް ވެފައެވެ. ހީވަނީ ކަމެއް އެނގިދާނެތީ ބިރުން އުޅޭހެންނެވެ. މީރާގެ ބަސްމޮށުންތެރިކަން މަދުކަން މީރާއާއި މުއާމަލާ ކުރާ ކޮންމެ މީހަކަށްވެސް   ފާހަގަ ކުރެވެއެވެ. މިކަމާމެދު ޒީޝް ދަނީ މީރާއާއި އެތަކެއް ސުވާލުތަކެއް ކުރަމުންނެވެ. ނަމަވެސް މީރާގެ ހިތުގައި އެވާ ވޭނާ ކެކުޅުން ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ. އެހެންނޫނަސް އެމީހާވަނީ މިވާހަކަތައް އެއްވެސް މީހަކާއި ހިއްސާނުކުރުމަށް އިންޒާރުދީފައެވެ.
މިރޭވެސް އެމީހާ އެދަނީ އެނުބައި ފާހިޝް އަމަލު ކުރަމުންނެވެ. މިރެއަކީ
ޒީޝްއަށް ހޭލެވުނު ރެއެކެވެ. އެނދުމަތީގައި ޒައިލް ފެންނަން ނެތުމުން ހާސްވެ ކަންބޮޑުވާގޮތްވިއެވެ. ޒީޝްގެ މިސްރާބުހުރީ މީރާގެ ކޮޓަރިއާއި ދިމާއަށެވެ. މީރާގެ ކޮޓަރިއާއި އަރާ ހަމަވުމުން ޒީޝްއަށް ރުއިމުގެ އަޑެއް އިވެންފެށިއެވެ. ޒީޝްގޮސް ދޮރު ހުޅުވައިލިއެވެ. ފެނުނު މަންޒަރުން ހީވީ ފައިތިލަ ދަށުން ބިންގަނޑު ދަމައިގެންދިޔަހެންނެވެ. ޒީޝްއަށް ހަޅޭލަވައިގަނެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. އެވަގުތު އެތަނަށް ޒައިލްގެ މަންމަ އާއި ބައްޕަ އައެވެ. ޒީޝްގޮސް އެމީހާގެ މޫނު މަތީގައި އަޅާފައިވާ ފޮތިގަނޑު ނެގިއެވެ. މީރާގެ ކުރިމަތީގައި އެހުރީ މީރާގެ ލޯބިވާ ބައްޕައެވެ. ޒައިލް އެކަހަލަ އަމަލެއް ކުރާނެ ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ. ޒައިލް އެކުރި ކުށަށް ހައްގު އަދަބު ދޭން ޒީޝް ބޭނުންވިއެވެ. ޒީޝް ވަގުތުން ފުލުހުންނަށް ގުޅިއެވެ. ފުލުހުން އައިސް ޒައިލް ހައްޔަރުކުރިއެވެ. އަދި ކުޑަކުއްޖަކާއި ބަދުއަޙްލާގީ އަމަލު ހިންގިކަމުގެ ކުށް ޒައިލްގެ މައްޗަށް ސާބިތުވުމުން ޒައިލް އުމުރު ދުވަހަށް ޖަލަށް ލިއެވެ. މީރާގެ ހާލަތު ފެނިފައި ޒީޝްއަށް ރޮވުނެވެ. އޭނާގެ ދަރިފުޅު އެހުރިހާ ވޭނެއް އުފުލަމުންދިޔައިރު ޒީޝްއަށް އެކަން ނޭނގުމުންނެވެ. މީރާ ކުރިއަށްވުރެ ބޮޑަށް ބަލިވަމުންދާތީ ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ބުނީ މީރާ ބަލިވެއިނީކަމަށެވެ. މިލިބުން ހަބަރު ވެގެންދާނީ ޒީޝްގެ އާއިލާ ބަދުނާމުވާނެ ހަބަރަކަށެވެ.
މާޒީގެ ހަނދާންތަކުން ޒީޝްއަށް ދުރަށް ދެވުނީ މީރާގެ ދަރިފުޅު މާމައޭ
ކިޔާ ގޮވާލުމުންނެވެ. ޒީޝްގެ މުޅި ހަޔާތްވަނީ ފުނޑުފުނޑުވެފައެވެ. އަދިވެސް މީހުންކުރާ މަލާމަތްތަކާއި ކިޔާ އެއްޗެއްސަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. ޒީޝްގެ އާއިލާއަށް އުފާވެރިކަން ގެނެސްދިނުމަށް ޒީޝްދަނީ މާތްﷲ ގެ ހަޟްރަތަށް ދުއާ ކުރަމުންނެވެ. ޒީޝްގެ ހަނދާނުން މިއަދަށް ދާންދެންވެސް އެހާދިސާ ފިލައިގެނެއް ނުދެއެވެ. 
އާމިނަތު ސުސަން - މަރިޔަމް ރިޒްނީ         8 ސީ