ހާދިސާ
އިރު އޭގެ ވާޖިބު އަދާ ކުރުމަށްފަހު އޮއްސެމުންދާއިރު ޒީޝްއަށް އެމަންޒަރު
ނުފެންނަ ކަހަލައެވެ. އެހެން ދުނިޔެއެއްގައި އުޅެވޭ ކަހަލައެވެ. ކޮންމެ
ގޮތަކަށް ޒީޝްގެ މޮޅިވެރިކަން
ސިފަކުރިޔަސް ޒީޝްވަނީ ފުން ހިޔާލެއްގެ ތެރޭގައިކަން ޒީޝްގެ މޫނަށް ބަލައިލި
ކޮންމެ މީހަކަށް ޔަގީންވާނެއެވެ. އާނއެކެވެ. ޒީޝްވަނީ މާޒީގެ ހިތި ހަނދާންތަކުގެ
ތެރެއަށް ގެއްލި ހުސްވެފައެވެ.
އެއީ މީގެ އެތައް އަހަރުތަކެއް ކުރިއެވެ.
ޒީޝްއަށްވެސް މީހަކުދެކެ ލޯބި
ވެވުނެވެ. އެއީ ޒައިލެވެ. ޒީޝް އާއި ޒައިލްގެ ނަން ލޯބިވެރިންގެ ލިސްޓުގައި
ރަންއަކުރުން ފަވާލާފައިވާއިރު ދެމީހުން ވަކިނުވާން އެތައް ވައުދުތަކާއި އަހުދުތަކެއް
ދިޔައީ ވަމުންނެވެ. ދެމީހުންވެސް އިންތިޒާރު ކުރަމުންދަނީ ހަމަ އެންމެ
ދުވަހަކަށެވެ. އެއީ ދެމީހުން އެކުގައި ޒަވާޖީ ހަޔާތެއް ފެށޭނޭ ދުވަހަކަށެވެ.
ޒީޝްއާއި ޒައިލް ކައިވެނި ކުރެވުނު ދުވަސް ވެގެން
ދިޔައީ ދެމީހުންގެ
ހަޔާތުގައި އައި އެންމެ އުފާވެރި އަދި އެންމެ ކުލަގަދަ ދުވަސް ކަމުގައެވެ.
ކައިވެންނަށްފަހު ޒީޝް ދިރިއުޅެމުންދަނީ ޒައިލްގެ ގޭގައެވެ. ދެމީހުންވެސް ދަނީ
އެދެމީހުން އަދާކުރަންޖެހޭ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ
ކުރަމުންނެވެ. މިޒިންމާތައް އިތުރުވެގެންދިޔައީ ޒީޝް ޒެއިލްގެ ދަރިއަކަށް ހައްޔަރުގައި
އިނުމުންނެވެ. މިއީ ދެމީހުންވެސް އިންތިޒާރު ކުރަމުންދިޔަ ފޮނި މޭވައެވެ. 9 މަހާއި
10 ދުވަހަށްފަހު ޒީޝް ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ޒީޝް އާއި ޒައިލްގެ
ސިފަތައް އެކުވެފައިވާ މިކުއްޖާގެ ނަމަކީ މީރާއެވެ. މީރާއަކީ ޒީޝް އާއި ޒައިލްއަށް
ލިބުނު އެންމެ އަގުހުރި ހަދިޔާއެވެ.
ދުވަސްތައް ދައުރުވަމުންދަނީ އޭގެ އެންމެ ބާރު މިނުގައެވެ.މީރާއަށް މިހާރު 12 އަހަރު ވެއްޖެއެވެ. ގްރޭޑް 6 އެއްގައި ތައުލީމް
ހާސިލްކުރަމުންދާއިރު މީރާއަކީ ބޮޑެތިމީހުންނަށާއި،ޓީޗަރުންނަށާއި އަދި
މައިންބަފައިންނަށް އިހްތިރާމް ކުރާ ކުއްޖެކެވެ.
މީރާއަށް ހޭލެވުނީ އެހެން ކަހަލަ އިހްސާސެއް
ކުރެވެން ފެށުމުންނެވެ. އާނއެކެވެ. މީރާގެ ކުރިމަތީގައި އެހުރީ މޫނު ނިވާކޮށްގެން ހުރި ފިރިހެނެކެވެ. އެމީހާ
ކުރި ނުބައި އަމަލަކީ މީރާގެ ހުވަފެނުގައިވެސް ނުފެންނަފަދަ އަމަލެކެވެ. ކޮންމެ
ރެއަކުވެސް މީރާއަށް ދަނީ މިވޭން ލިބެމުންނެވެ.
މީރާގެ އުޅުން މިހާރާއި ކުރިއާއި ވަރަށް ތަފާތެވެ.
މީރާގެ ހާލަތު ގޯސްވަމުންދާތީ މީރާ ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ބުނި ގޮތުގައި
މީރާވަނީ ނަފްސާނީ ގޮތުން ބަލި ކުއްޖަކަށް ވެފައެވެ. ޒީޝްއަށް މިވާހަކަ
ވެގެންދިޔައީ ގަބޫލުކުރަން ދަތިވާހަކައަށެވެ. ޒީޝްއަށް ވުރެ ބޮޑަށް ޒައިލް ހުރީ
ހާސްވެ ކަންބޮޑުވާގޮތް ވެފައެވެ. ހީވަނީ ކަމެއް އެނގިދާނެތީ ބިރުން އުޅޭހެންނެވެ.
މީރާގެ ބަސްމޮށުންތެރިކަން މަދުކަން މީރާއާއި މުއާމަލާ ކުރާ ކޮންމެ މީހަކަށްވެސް ފާހަގަ ކުރެވެއެވެ. މިކަމާމެދު ޒީޝް ދަނީ
މީރާއާއި އެތަކެއް ސުވާލުތަކެއް ކުރަމުންނެވެ. ނަމަވެސް މީރާގެ ހިތުގައި އެވާ ވޭނާ
ކެކުޅުން ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ. އެހެންނޫނަސް އެމީހާވަނީ މިވާހަކަތައް
އެއްވެސް މީހަކާއި ހިއްސާނުކުރުމަށް އިންޒާރުދީފައެވެ.
މިރޭވެސް އެމީހާ އެދަނީ އެނުބައި ފާހިޝް އަމަލު
ކުރަމުންނެވެ. މިރެއަކީ
ޒީޝްއަށް ހޭލެވުނު ރެއެކެވެ. އެނދުމަތީގައި ޒައިލް ފެންނަން ނެތުމުން ހާސްވެ
ކަންބޮޑުވާގޮތްވިއެވެ. ޒީޝްގެ މިސްރާބުހުރީ މީރާގެ ކޮޓަރިއާއި ދިމާއަށެވެ. މީރާގެ
ކޮޓަރިއާއި އަރާ ހަމަވުމުން ޒީޝްއަށް ރުއިމުގެ އަޑެއް އިވެންފެށިއެވެ. ޒީޝްގޮސް
ދޮރު ހުޅުވައިލިއެވެ. ފެނުނު މަންޒަރުން ހީވީ ފައިތިލަ ދަށުން ބިންގަނޑު
ދަމައިގެންދިޔަހެންނެވެ. ޒީޝްއަށް ހަޅޭލަވައިގަނެވުނީ އެއްވެސް އިހްތިޔާރަކާއި
ނުލައެވެ. އެވަގުތު އެތަނަށް ޒައިލްގެ މަންމަ އާއި ބައްޕަ އައެވެ. ޒީޝްގޮސް
އެމީހާގެ މޫނު މަތީގައި އަޅާފައިވާ ފޮތިގަނޑު ނެގިއެވެ. މީރާގެ ކުރިމަތީގައި
އެހުރީ މީރާގެ ލޯބިވާ ބައްޕައެވެ. ޒައިލް އެކަހަލަ އަމަލެއް ކުރާނެ ކަމަކަށް
އެކަކުވެސް ގަބޫލެއް ނުކުރެއެވެ. ޒައިލް އެކުރި ކުށަށް ހައްގު އަދަބު ދޭން ޒީޝް
ބޭނުންވިއެވެ. ޒީޝް ވަގުތުން ފުލުހުންނަށް ގުޅިއެވެ. ފުލުހުން އައިސް ޒައިލް
ހައްޔަރުކުރިއެވެ. އަދި ކުޑަކުއްޖަކާއި ބަދުއަޙްލާގީ އަމަލު ހިންގިކަމުގެ ކުށް
ޒައިލްގެ މައްޗަށް ސާބިތުވުމުން ޒައިލް އުމުރު ދުވަހަށް ޖަލަށް ލިއެވެ. މީރާގެ
ހާލަތު ފެނިފައި ޒީޝްއަށް ރޮވުނެވެ. އޭނާގެ ދަރިފުޅު އެހުރިހާ ވޭނެއް އުފުލަމުންދިޔައިރު
ޒީޝްއަށް އެކަން ނޭނގުމުންނެވެ. މީރާ ކުރިއަށްވުރެ ބޮޑަށް ބަލިވަމުންދާތީ
ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ބުނީ މީރާ ބަލިވެއިނީކަމަށެވެ. މިލިބުން ހަބަރު
ވެގެންދާނީ ޒީޝްގެ އާއިލާ ބަދުނާމުވާނެ ހަބަރަކަށެވެ.
މާޒީގެ ހަނދާންތަކުން ޒީޝްއަށް ދުރަށް ދެވުނީ މީރާގެ
ދަރިފުޅު މާމައޭ
ކިޔާ ގޮވާލުމުންނެވެ. ޒީޝްގެ މުޅި ހަޔާތްވަނީ ފުނޑުފުނޑުވެފައެވެ. އަދިވެސް
މީހުންކުރާ މަލާމަތްތަކާއި ކިޔާ އެއްޗެއްސަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ.
ޒީޝްގެ އާއިލާއަށް އުފާވެރިކަން ގެނެސްދިނުމަށް ޒީޝްދަނީ މާތްﷲ ގެ ހަޟްރަތަށް ދުއާ
ކުރަމުންނެވެ. ޒީޝްގެ ހަނދާނުން މިއަދަށް ދާންދެންވެސް އެހާދިސާ ފިލައިގެނެއް
ނުދެއެވެ.
އާމިނަތު ސުސަން - މަރިޔަމް ރިޒްނީ 8
ސީ
No comments:
Post a Comment